header41

ފަތުރުވެރިކަމުގެ މާހައުލު

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މިސަރަހައްދުގައިވެސް އެންމެ ފުޅާދާއިރާއެއްގައި ހިނގާ އެއް ވިޔަފާރިއެވެ. 1972 ވަނަ އަހަރު ތައާރަފުވެގެން ދިޔަ މިސިނާއަތަކީ އަދި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ ސިނާއަތްތަކުގެ ތެރެއިން އެއް ސިނާއަތެވެ. މިއަދު ހިލްޓަން އާއި ސިކްސް ސެންސް، ފޯސީޒަން އަދި ވަންއެންޑް އޮންލީ ފަދަ ބައިނަލްއަގުވާމީ ނަންތައް ދިވެހި ރާއްޖެއިން ފެނެއެވެ. އެމް. ޓީ. ޑީ. ސީ އުފެދުމުގައި، ވަކިވަކި ދިވެހިން ފަތުރުވެރިކަމުގެ ސިނާއަތާއި، މިކަމުން ލިބޭ ބޮޑެތި ފައިދާތަކުގައި ބައިވެރިވުމަށް އޮތްވަރަށް ބޭނުން މިހާރުވެސް އެބައޮތެވެ.

2009 ވަނަ އަހަރު އައި އިގްތިސާދީ ހީނަރުކަން 2010 ވަނަ އަހަރާއި ހަމައަށް އައި އިރު ދަށްވެފައި ވާކަމަށް ފެނެއެވެ. އަދި އޭޝިއާ ބައްރު ތަރައްޤީވަމުން ދާވަރަކަށް މި ސަރަހައްދުގެ ފަތުރުވެރިންގެ އަދަދު އިތުރުވެއެވެ. އަދި ޗައިނާގެ މާރކެޓް ހަލުއި ކަމާއިއެ ފުޅާވަމުންދާއިރު، ފިންލޭންޑް، ޕޯޗްގަލް، ގްރީސް، ފިލިޕީންސް، އިންޑޮނޭޝިއާ، ސިންގަޕޫރު، ސައުދީ އަރަބިއާ އަދި އެމަރޭޓްސްގެ މާރކެޓްވެސް ފުޅާވަމުން ދެއެވެ. 2009 ވަނަ އަހަރު ތަރައްޤީގެ މަރުހަލާތައްވެސް މަދުވެ މުޅިންހެން ހުއްޓުމަށްފަހު 2010 މިއާއި ޚިލާފަށް މަސައްކަތްތައް ވަނީ ފެށިފައެވެ.

މި ސިނާއަތުގެ ފުދުންތެރިކަން މުޅިންހެން ބިނާވެފައި އޮންނަނީ ތިމާވެއްޓާއި ގުދުރަތީ ނިޒާމުތަކުގެ ރައްކާތެރިކަމުގެ މައްޗަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން އަސަރުކުރާ ކަންތައްތަކާއި، މީހުންގެ ފަރުވާކުޑަކަމާއި، ހޭލުންތެރިކަން ކުޑަކަމުން އަދި ނުސީދާގޮތުން ކުރިމަތިވާ ކަންތައްތަކަށް މުޅިދުނިޔެ ސަމާލުވެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ދިވެހިރާއްޖެ ވަނީ ތިމާވެށީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެންމެ ކުރީ ސަފަށް ނިކުމެއެވެ. އެހެންކަމުން، މިސިނާއަތަށް މަަސައްކަތްކުރުމުގައި މިދާއިރާއިން ބައެއް ކުޅުމީ ކުރަން ޖެހޭ ކަމެއްކަމުގައި ވެއެވެ.