developmentpic
އޮންނަތަން
ސ. އަތޮޅު (އައްޑޫ ބައިނަލް އަގުވާމީ ވައިގެ ބަނދަރުން ލޯންޗެއްގައި 10 މިނިޓްއިން ދެވޭ ހިސާބުގައި)
ހާލަތު
ޚިދުމަތަށް ހުޅުވިފައި
ތަރައްޤީ ކުރެވޭގޮތް
މުޅިން އަމިއްލަ ތަނެއްގެ ގޮތުގައި
ތަފްސީލް
4 ސްޓަރ، 546 އެނދު 4 ކިލޯމީޓަރުގެ ތެރޭގައި

ބޮޑެތި ހުދު ގޮނޑުދޮށްތަކާއި، މަޑު ކުލައިގެ ފަޅުތަކާއި އަދި ގަސްތަކުގައި ޖެހޭ މަޑުވައިގެ އަޑުތަކުން މިތަނަށް ޒިޔާރަށްކުރާ ފަތުރުވެރިންގެ ހަނދާނުން ފޮހެލަން ދަތިތަނަކަށް މިތަންވެއެވެ.

މިތަނުގެ ބީޗް ވިލާތަކަކީ، ތަނުގެ ގުދުރަތީ ރީތިކަމާއި ހަމަހިމޭން މާހައުލާއި ގުޅޭފަދަ، ގޮނޑުދޮށުގައި ލަކުޑިން ހެދިފައިވާ ބަންގަލޯސްތަކެކެވެ. ތަނުގައިވާ 273 ކޮޓަރީގެ ތެރެއިން 153 ކޮޓަރިއަކީ ބީޗް ވިލާތަކެވެ. އަދި އޭގެ ތެރެއިން 120 ތަނަކީ ޖަކޫޒީ ބީޗް ވިލާތަކެވެ. ކޮންމެ ޖަކޫޒީ ބީޗް ވިލާއެއްގައި ބެޑްރޫމަކާއި ދެމީހުނަށް އެކަށޭނެ ފަދަ ޖަކޫޒީއެއް ހެދިފައި ވެއެވެ.

1 ޖޫން 2008 ގައި ހެރެތެރެ ވަނީ ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ސަބްލީސް ކުރެވިފައެވެ. ނަމަވެސް، ދެފަރާތުގެ އެއްބަސްވުމާއި އެއްގޮތަށް މި އެގްރީމަންޓް ވަނީ ފަހުން ބާތިލްކުރެވިފައެވެ.

31 އޮކްޓޯބަރ 2010 ގައި ތައި ކުންފުންޏެއް ކަމަށްވާ އޮނިކްސް ހޮސްޕިޓާލިޓީ އާއި ހެރެތެރެ ހިންގުން ހަވާލުކުރެވުނެވެ.

ހެރެތެރެ ވެގެން ދިޔައީ އެމް. ޓީ. ޑީ. ސީ އިން ތަރައްޤީކުރެވި ފުރަތަމަ ހުޅުވުނު ރިސޯޓުކަމުގައެވެ.