ނޫސް ބަޔާން
ސަރުކާރުންވަނީ އެމް. ޓީ. ޑީ. ސީ އިން ހިންގުމަށް 15 ރަށެއް ކުއްޔަށް ދެވިފައެވެ. މީގެތެރެއިން 9 ރަށެއް ވަނީ ކަނޑައެޅި އެމް. ޓީ. ޑީ. ސީ އާއި ހަވާލުކޮށް ކުއްޔަށް ދެވިފައެވެ. ބާކީ އޮތް 6 ރަށް ހަވާލުކުރާނެ ގޮތް އަދި އަންގާފައިއެއް ނުވެއެވެ.
ކުއްޔަށެ ދެވިފައިވާ 9 ރަށުގެ ތެރެއިން 8 ރަށެއް ވަނީ ތަރައްޤީ ކުރުމުގެ މަރުހަލާގެ ތެރޭގައެވެ. މީގެތެރޭގައި ނުހިމެނޭ ހެރެތެރޭގެ ހިންގުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މަސައްކަތް މިހާރު ކުރެވެމުންދަނީ 100 އެނދުގެ ޖާގަ ހުންނަ އުލިމަގު ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށެވެ. 2009 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ފުރަތަމަ ކުރެވުނު ޕްލޭންތައް އަލުން މުތާލިޢާ ކުރަންޖެހިފައިވީ ނަމަވެސް ކަމުގެ މައިގަނޑު ލަނޑުދަނޑިތަކާއި އަމާޒުތައް އަދިވެސް ހުރިގޮތަށް ވާނެއެވެ.
މި 9 ރަށުގެ ތެރެއިން ކޮންމެ ރަށަކީ، ޖާގައިގެ ގޮތުންނާއި، ބައްޓަމުން، ގުދުރަތީ ވަސީލަތްތަކާއި އަދި ރީތިކަމުން ތަފާތު ތަންތަނަށް ވީއިރު، ތަރައްޤީ ކުރެވޭގޮތްވެސް އެއްތަނުން އަނެއްތަނާއި ތަފާތުވާނެއެވެ.
އުލިމަގު
- އޮންނަތަން
- ހއ. އަތޮޅު (ހދ ހަނިމާދޫ ސަރަހައްދީ ވައިގެ ބަނދަރުން ލޯންޗެއްގައި 45 މިނިޓްެއިން ދެވޭ ހިސާބުގައި)
- ހާލަތު
- ތަރައްޤީގެ މަރުހަލާގައި، ގާތްގަނޑަކަށް %40 ނިމިފައި
- ތަރައްޤީ ކުރެވޭގޮތް
- މުޅިން އަމިއްލަ ތަނެއްގެ ގޮތުގައި
- ތަފްސީލް
- 4 ސްޓަރ، 100 އެނދު 36 ހެކްޓަރ ތެރޭގައި
27 ފެބްރުއަރީ 2007 ގައި ސަރުކާރުން އެމް. ޓީ. ޑީ. ސީ އަށް ކުއްޔަށް ދެވިފައިވާ މިރަށް ދެވުނީ 50 ކޮޓަރީގެ ތަނެއް ހެދުމަށެވެ. މިތަން ތަރައްޤީ ކުުރުން މިހާރު ދަނީ ކުރިއަށެވެ. އަދި ތަނުގެ އިންފްރާ ސްޓްރަކްޗަރގެ %40 ވަނީ މިހާރު ނިމިފައެވެ.
ވޮޑަމުލާ
- އޮންނަތަން
- ގއ. އަތޮޅު (ގދ ކާޑެއްދޫ ސަރަހައްދީ ވައިގެ ބަނދަރުން ލޯންޗެއްގައި 50 މިނިޓްެއިން ދެވޭ ހިސާބުގައި)
- ހާލަތު
- ތަރައްޤީގެ މަރުހަލާގައި
- ތަރައްޤީ ކުރެވޭގޮތް
- މުޅިން އަމިއްލަ ތަނެއްގެ ގޮތުގައި
- ތަފްސީލް
- 4 ސްޓަރ، 300 އެނދު 50 ހެކްޓަރ ތެރޭގައި
- ނިމޭނެކަމަށް ލަފާކުރާ ތާރީޚް
- 2012 ގެ ފުރަތަމަ ކުއަރޓަރ ތެރޭގައި
ވޮޑާމުލާ އޮންނަނީ އުފެދިފައިވާ ގޮތާއި، ސަގާފަތާއި އަދި ތިމާވެށީގެ ގޮތުން އެހެން އަތޮޅުތަކާއި މުޅިން ހެން ތަފާތު ގއ އަތޮޅުގައެވެ. މި އަތޮޅު މިހާތަފާތުވުމާއެކުވެސް، ވޮޑާމުލާ އަކީ އެ އަތޮޅުގެ އެހެން ރަށްތަކާއި ވެސް ތަފާތު ރީތި ފަރެއް އެކުލެވިގެންވާ ރަށެކެވެ. މި ރަށުގެ ވަށައިގެންވާ ގޮނޑުދޮށުގައި ދިގުމިނުން 3 ކިލޯމީޓަރު ވެއެވެ. އަދި ފުޅާމިނުގައި އުތުރު ފަރާތުގައި 15 މީޓަރު އަދި ދެކުނު ފަރާތުގައި 20 މީޓަރު އެވްރެޖްކޮށް ވެއެވެ. ގއ އަތޮޅަކީ މިއަތޮޅުގެ އާބާދީއާއި އުފެއދުމުގައި ޚާއްސަ ބަޔަކަށް ވާއިރު، ވޮޑަމުލާއަކީ މިހިސާބުގައިވާ ވަކިން ޚާއްސަ ތަނެކެވެ.
27 މާޗް 2008 ގައި މިރަށްވަނީ 150 ކޮޓަރީގެ ރިސޯޓެއް ހެދުމަށް މިރަށްވަނީ 25 އަހަރަށް އެމް. ޓީ. ޑީ. ސީ އަށް ސަރުކާރުން ކުއްޔަށް ދީފައެވެ. އަދި މިރަށުގެ އެންވައިރަމަންޓް އިމްޕެކްޓް އެސެސްމަންޓް އާއި ރިސޯޓު ފަރުމާކުރުމުގެ ކޮންސެޕްޓްތަކަށް ވަނީ ކަމާއި ގުޅުންހުރި ފަރާތްތަކުން ހުއްދަދީފައެވެ. 300 އެނދުގެ ރިސޯޓަކަށް ވޮޑަމުލާ ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފަތުރު ޕްރައިވެޓް ލިމިޓެޑް އާއިއެކު ވާ ޖޮއިންޓް ވެންޗަރ އެއްގެ ދަށުންނެވެ. ފަތުރުގެ %49 ހިއްސާވަނީ އާއްމުންގެ ތެރެއިން އިންވެސްޓް ކުރާ ފަރާތްތަކުގައި ކަމުގައިވިޔަސް ފަތުރުގެ %51 ހިއްސާވަނީ އެމް. ޓީ. ޑީ. ސީ އަށެވެ.
މިކަމުގެ ސަބްލީސިން އެގްރީމެންޓްގައި ސޮއި ކުރެވިފައިވަނީ 31 އޯގަސްޓް 2008 ގައެވެ. ވޮޑަމުލާގެ މަސައްކަތް ފެށެނެކަމަށް ބެލެވިފައިވަނީ 2010 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ ނިމޭތާގައެވެ. ނަމަވެސް ފަތުރުގެ ކުއްލި އާއްމު ބައްދަލުވުމެއްގައި ފަތުރު އުވާލުމަށް ނިމުމާއި ގުޅިގެން، އެމް. ޓީ. ޑީ. ސީ އާއި ފަތުރާއި ދެމެދުވެފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވެއެވެ.
ވޮޑަމުލާ އަކީ މިހާރު މުޅިން އެމް. ޓީ. ޑީ. ސީ ގެތަނެކެވެ. އަދި އެމް. ޓީ. ޑީ. ސީ އިން ދަނީ މިތަން ތަރައްޤީ ކުރުމަށް އެކުގައި ބައިވެރިވާނެ ފަރާތްތައް ހޯދުމުގެ މަސައްކަތުގައެވެ.
އެކުލިވަރު
- އޮންނަތަން
- ނ. އަތޮޅު
- ހާލަތު
- ޖޮއިންޓް ވެންޗާރ
- ތަރައްޤީ ކުރެވޭގޮތް
- ޖޮއިންޓް ވެންޗާރ
- ތަފްސީލް
- ޑިލެކްސް، 180 އެނދު
- ނިމޭނެކަމަށް ލަފާކުރާ ތާރީޚް
- 2013
އެކުލިވަރު ތަރައްޤީ ކުރެވޭނީ އީ. އެން. އޭ ހޮޓްލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އާއި އެކު ވާ ޖޮއިންޓް ވެންޗާރއެއްގެ ދަށުންނެވެ. މި ޖޮއިންޓް ވެންޗާރގެ ދަށުން އެމް. ޓީ. ޑީ. ސީގެ %20 އިކްއިޓީ ކޮންޓްރިބިއުޝަން ދައްކާނީ ރިޓްޒް ކާރލްޓަން އިންނެވެ. އަދި އެމް. ޓީ. ޑީ. ސީ އަށް ކަނޑައެޅިފައިވާ ޑިވިޑެންޓްއަކާއި ރަށުގެ ކުލި ކޮންމެ އަހަރަކު ލިބޭނެއެވެ. ތަނުގެ ބާކީ %80 ލިބޭނީ ރިޓްޒް ކާލްޓަން އަށެވެ. މި ޖޮއިންޓް ވެންޗާރ ގައި ސޮއި ކޮށްފައިވަނީ 31 މާޗް 2008 ގައެވެ. އަދި ސަބްލީސް އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ 1 ޖުލައި 2008 ގައެވެ.
ކޮނޑޭމަތީލާބަދު
- އޮންނަތަން
- ގއ. އަތޮޅު
- ހާލަތު
- ކޮންސެޕްޓް ހެދުމުގެ ބައި ނިމިފައި
- ތަރައްޤީ ކުރެވޭގޮތް
- ސަބްލީސް
- ތަފްސީލް
- 100 އެނދު
- ނިމޭނެކަމަށް ލަފާކުރާ ތާރީޚް
- 2013
ކިހަވަށް ކޮނޑޭމަތީލާބަދު ތަރައްޤީ ކުރުވެނީ ދިވެހި ކުންފުންޏެއް ކަމަށްވާ ރެސޮނަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. ސްބަލީސް އެއްބަސް ވުމުގައި ސޮއި ކުރެވިފައިވަނީ 23 އޮކްޓޯބަރ 2007 ގައިއެވެ. ރިސޮތުގެ ފަރުމާ ވަނީ ނިމިފައެވެ. އަދި ޓުއަރިޒަމް މިނިސްޓްރީ އިންވަނީ ތަފްސީލީ ކުރެހުމަށް ހުއްދަ ދެއްވާފައެވެ. ރެސޮނަންސް ޕްރައިވެޓް ލިމިޓެޑް އިން މިވަގުތު ދަނީ މި ޕްރޮޖެކްޓްއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތުގައެވެ.
މަގުދުވާ
- އޮންނަތަން
- ގދ. އަތޮޅު
- ހާލަތު
- ތަރައްޤީގެ މަރުހަލާގައި، %65 ނިމިފައި
- ތަރައްޤީ ކުރެވޭގޮތް
- ސަބްލީސް
- ތަފްސީލް
- 200 އެނދު
- ނިމޭނެކަމަށް ލަފާކުރާ ތާރީޚް
- 2011 ގެ ފުރަތަމަ ކްއާޓަރގައި
މަގުދުވާ ތެރުކީގައި ގާއިމުކުރެވިފައިވާ ބައިނަލްއަގްވަމީ ކުންފުންޏެއްކަމަށްވާ އަހުމަތު އައިޑެނީޒް އިންސްޓާޓް އަށް ސަބްލީސް ކުރެވުނީ 24 އޮކްޓޯބަރ 2007 ގައެވެ. މިތަނުގެ ކޮންސްޓަރަކްޝަން މަސައްކަތް ހެދިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްގޮސް ބޭނުންވާ ކެޕިޓަލް އިންވެސްޓްމަންޓްގެ %70 ވަނީ މިހާރު ކުރެވިފައެވެ.
ނާގޯޝި
- އޮންނަތަން
- ހދ. އަތޮޅު
- ހާލަތު
- ތަރައްޤީގެ މަރުހަލާގައި، %30 ނިމިފައި
- ތަރައްޤީ ކުރެވޭގޮތް
- ސަބްލީސް
- ތަފްސީލް
- 5 ސްޓަރ، 600 އެނދު
- ނިމޭނެކަމަށް ލަފާކުރާ ތާރީޚް
- 2011 ގެ ފުރަތަމަ ކްއާރޓަރގައި
ނާގޯޝި ތަރައްޤީ ކުރުމަށް 5 ޑިސެމްބަރ 2007 ގައި ވަނީ ކޭ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި އެކު ސަބްލީސް އެއްބަސްވުމުގައި ސޮއި ކުރެވިފައެވެ. މިތާގެ އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައިވަނީ ނިމިފައެވެ.
އެނބޫދޫފުށި އަދި އޮޅުވެލި
- އޮންނަތަން
- ދ. އަތޮޅު
- ހާލަތު
- ތަރައްޤީގެ މަރުހަލާގައި، %15 ނިމިފައި
- ތަރައްޤީ ކުރެވޭގޮތް
- ސަބްލީސް
- ތަފްސީލް
- 5 ސްޓަރ، 220 އެނދު
- ނިމޭނެކަމަށް ލަފާކުރާ ތާރީޚް
- 2011 ގެ ތިންވަނަ ކްއާރޓާރގައި
އެނބޫދޫފުށިއާއި އޮޅުވެލި ތަރައްޤީ ކުރެވެނީ ދިވެހި ވިޔަފާރި ވެރިއެއްކަމުގައިވާ ޑރ އިބްރާހިމް އުމަރު މަނިކު އާއި އެކު 17 އޭޕްރިލް 2008 ގައި ވެފައިވާ ސަބްލީސް އެއްބަސްވުމަކާއި އެއްގޮތަށެވެ.
