ތާރީޚްގެ ތެރެއިން

ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ ތަރައްޤީކުރުމުގެ މައިގަނޑު ސިނާއަތް ކަމުގައި މާޒީގައި ބެލެވިފައި އެެއް ނުވެއެވެ. އަދުގެ ހާލަތު ހުރިގޮތަށް ބަލާއިރު މިއީ ޤަބޫލުކުރަން ދަތިކަމަކަށްވިޔަސް، ފަތުރުވެރިކަމުގެ ސިނާއަތް ދިވެހިރާއްޖޭގައި ގާއިމުކޮށް ތަރައްޤީ ކުރެވިފައިވަނީ ދުރު މަގަށް ވިސްނާފައިވާ މަދު، ނަމަވެސް ވަރަށް ޚާއްސަ، ފަރުދުންތަކެއްގެ މިންނެތް މަސައްކަތުންކަން ހަދުމަބެހެއްޓުން މުހިއްމެވެ. މި ފަރާތްތަކުން މި ސިނާއަތް ދިވެހިރާއްޖެއަށް ގެނެސްފައިވަނީ މިކަމާއިގުޅޭ އެއްވެސް ކަމެއް ދިވެހިރާއްޖޭގައި ނުވާ ވަގުތެއްގައެވެ. މުޅި ދުނިޔެއަށް ދިވެހިރާއްޖެ “ދުނިޔޭގައިވާ ސުވަރުގެއެއް” ގެ ގޮތުގައި މިޤައުމުގެ ރީތިކަން ހުށަހެޅިގެން ދިޔައިރު، މިދެންނެވި ފަރާތްތަކަށް ފަތުރުވެރިކަމުގެ ސިނާއަތް ފެނިފައިވަނީ ދިވެހިރާއްޖެއަށް ދެމެހެއްޓެނިވިގޮތެއްގައި އާމްދަނީ ލިބޭ ވަސީލަތެއްގެ ގޮތުގައެވެ.

އަދު އެންމެންވެސް ޤަބޫލުކުރަންޖެހިފައިވާ ހަޤީޤަތަކީ، ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖެއަށް ލިބިފައިވާ ފާގަތިކަމުގެ ބޮޑުހިއްސާ ކުރާ އެއް ސިނާއަތްކަމެވެ. އެމް. ޓީ. ޑީ. ސީ އަކީ އިސްވެ ދެންނެވުނު ފަރާތްތަކުން ކުރިމަގަށް ދެކުނު ހުވަފެންތަކާއި ކުރި އުންމީދުތަކުގެ ނަތީޖާއެކެވެ. އަދި އެމް. ޓީ. ޑީ. ސީ އަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމުގައި އިސް ދައުރެއްކުޅޭ ފަރާތްވެސް މެއެވެ. އަދި އަޅުގަނޑުމެން މި ސިނާއަތް ރައްކާތެރިކޮށް އަދި ޚާއްސަ ސަމާލުކަމެއްދީގެން ބަލަހައްޓަމުން ދާއިރު، ފަތުރުވެރިކަން ހަރުދަނާ ގޮތެއްގައި ފުޅާކުރުމަށް މި ސިނާއަތައް އެއްވެސް ބަދަލެއް ނުގެނެސް އެއްގޮތެއްގައި  ހިފެހެއްޓިފައި ނުބޭއްވުމުގެ މުހިއްމުކަން ވެސް އެނގެއެވެ. އަޅުގަނޑުމެން އަބަދުވެސް ބަލަނީ މި ދާއިރާގައި ތަފާތުގިނަ ވިސްނުންތަކާއި ޚިޔާލުތައް އަދި ހުނަރުތަކާއި ވަސީލަތްތައް ހިމަނައި އޭގެ ޒަރިއްޔާއިން އައު ކަންތައްތައް މި ސިނާއަތުގެ ތެރޭގައި ޤާއިމުކޮށް އެކަށައެޅުމަށެވެ.

އަޅުގަނޑުމެންގެ އަބަދުގެ އަމާޒަކީވެސް ހަނދުމަ ފިލުވާލަންދަތި ތަޖުރިބާތަކެއްގެ ސިފައިގައި މި “ދުނިޔެމަތީގެ ސުވަރުގެ” ގޮތުގައި މުޅިދުނިޔެއަށް ޚިދުމަތް ފޯރުކޮށްދިނުމެވެ. މިކަން ހާސިލްކޮށް ދިނުމަށްޓަކައި މިވަގުތުވެސް އެމް. ޓީ. ޑީ. ސީ އިން ދަނީ 15 ރަށެއްގައި ރިޒޯޓުތައް ތަރައްޤީކުރުމުގައިއެވެ.

މުއައްސަސާއިން ދަމަހައްޓާ އުސޫލުތައް

އެމް. ޓީ. ޑީ. ސީ އުފެދިފައިވަނީ އިޖްތިމާއީ ޒިންމާ (ސޯޝަލް ރެސްޕޮންސިބިލިޓީ) ގެ މައްޗަށެވެ. މި މުއައްސަސާގެ އަސާސީ މަޤުޞަދަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާ ދިވެހި ކޮންމެ ފަރުދަކަށް ލިބުމުގެ މަގުފަހިކުރުމެވެ. އެމް. ޓީ. ޑީ. ސީ ގެ ފަރާތުން ދިވެހިރާއްޖެއާއި ދިވެހި މުޖުތަމައުތަކުގެ ތަރައްޤީ އަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އަޅުގަނޑުމެންގެ މަޤުޞަދަކީ ދިވެހިރާއްޖެއިން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވައިދިނުމެވެ. އެމް. ޓީ. ޑީ. ސީގެ މިފަދަ އަމަލުތަކުން ދިވެހި މުޖުތަމައުތަކުގެ ފާގަތިކަމާއި، ހިތްހަމަޖެހުމާއި ސިއްޙީ އަދި އިގްތިސާދީ ތަރައްޤީއިން ވަކިވަކި ފަރުދުންގެ އިތުރުން ދިވެހި ކޮންމެ ގެބިސީއަކަށް ފޯރުކޮށްދެވޭނެއެވެ. އަޅުގަނޑުމެން ދިވެހި ކޮންމެ ފަރުދަކާއި އެފަރާތެއްގެ އާއިލާއެއްގެ އަގުވަޒަންކުރަމެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންގެ މި އަމާޒަށް ކުރައްވާ އިތުބާރުގެ ސަބަބުން އަޅުގަނޑުމެނަށް 15 ރަށެއް ވަނީ މާރުކޭޓް އަގަށްވުރެ ދަށުން ކުއްޔަށް ދެވިފައެވެ. މި ފަދަ ބޮޑު އެހީއަކާއި އެކު، އެމް. ޓީ. ޑީ. ސީގެ ތަސައްވަރު ހާސިލުކުރުމަށް އަޅުގަނޑުމެންގެ ވިސްނުން ހަޤީޤަތަކަށް ހެދުމަށް މަގުފަހިކޮށްދެނީ އަޅުގަނޑުމެންގެ ހިއްސާތަކުގެ އަގު އަތްފޯރާފަށުގައި ބެހެއްޓުމާއި އިގްތިސާދީ ގޮތުން ހުޅުވޭ އެކި ފުރުސަތުތައް އުފެއްދުމުންނެވެ. އެމް. ޓީ. ޑީ. ސީގެ ލޯގޯގައިވާ ކުނަލުގެ ނިޝާންފަދައިން، އަޅުގަނޑުމެން ޤަބޫލުކުރަނީ އިގްތިސާދީ އެކިއެކި ކަންތައްތަކަކީ އެއްކަން އަނެއްކަމާއި ގުޅި ލާމެހިފައިވާ ކަންތައްތައް ކަމުގައެވެ. އެމް. ޓީ. ޑީ. ސީ އިން ޤަބޫލުކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްޤީއިން މި ސިނާއަތް އެހެނިހަން ސިނާއަތްތަކާއި ގުޅި ތަރައްޤީއަށް މަގުފަހި ކޮށްދޭނެކަމަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކީ ކުޑަމުއްދަތައްވުރެ ބޮޑަށް ދުރު މުސްތަގުބަލަށް އަމާޒުކޮށް އަޅުގަޑުމެންގެ ލަނޑުދަނޑިތައް ކަނޑައެޅުމެވެ.

އެމް. ޓީ. ޑީ. ސީ އިން ޤަބޫލުކުރަނީ ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ވުމަށެވެ. އަދި މިޤައުމުގެ ހުރިހާ ފަރާތަކަށް ފައިދާވުމަށްޓަކައި މިޤައުމުގައި ދެމެހެއްޓެނެވި ތަރައްޤީއަށް މަގުފަހިކުރުމެވެ. އަޅުގަނޑުމެނަށް ޤަބޫލުކުރެވެނީ އަޅުގަނޑުމެންގެ ތަސައްވަރާއި ސިޔާސަތުތަކުގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ލާބައާއި މަންފާ ހަމަހަމަ ގޮތެއްގައި ބެހިގެންދާނެ ކަމަށެވެ.

އަމާޒަށް ވާސިލްވާނެ ގޮތްތައް

އަޅުގަނޑުމެން ޤަބޫލުކުރާ އެންމެ އިސްކަމަކީ އަތްފޯރާ ފަށުގައި ހިއްސާގެ އަގު ދެމެހެއްޓުމެވެ. އެމް. ޓީ. ޑީ. ސީގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ކޮންމެ ރައްޔަތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތުދިނުން ކަމަށްވާތީ، އަޅުގަނޑުމެންގެ މަސައްކަތް ފުރިހަމަވާނީ ދިވެހި ކޮންމެ ރައްޔަތަކީ އަޅުގަނޑުމެންގެ ހިއްސާދާރަކަށް ވުމުންނެވެ.

މި ހުވަފެން ހަޤީގަތަކަށް ހެދުމަށްޓަކައި ހިއްސާތައް 100 ދިވެހި ރުފިޔާއަށް ނުވަތަ 7.78 އެމެރިކާ ޑޮލަރަށް ވިއްކުނެވެ. އަދި ވަކިވަކި ފަރުދުންނަށާއި މުއައްސަސާތަކަށް ގަނެވޭނެ އަދަދު ކަމުގައި 1000 ހިއްސާގެ މިންގަނޑެއް ކަނޑައެޅުނެވެ. ހިއްސާތައް ގަތުމަށް އައި ތަރުޙީބުގެ ބޮޑުކަމުން ދެވަނަ ފަހަރަކަށް ކުރީގެ އައި. ޕީ. އޯ އާއި އެއް އުސޫލެއްގެ މަތިން ހިއްސާވިއްކުމަށް ހަމަޖެހުނެވެ. މިގޮތުން ހިއްސާ ވިއްކުމުގައި އިގްތިސާދީ އެކި ހާލަތްތަކުގެ ގިނަފަރާތްތަކަށް އެއްހަމައެއްގައި ފުރުސަތު ދިނުމަށްޓަކައި އެއްވެސް ފަރާތަކަށް 0.1 އިން ސައްތަ ހިއްސާ ނުގެންގުޅެވޭނެގޮތަށް ހަމަޖެހުނެވެ. މިއުސޫލުން ހަމައެކަނި އިސްތިސްނާ ވާފަރާތަކީ ދިވެހި ސަރުކާރެވެ.

އަޅުގަނޑުމެންގެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި އަޅުގަނޑުމެން ގެންގުޅޭ ވިސްނުމަކީ އެއްވެސް ތަފާތުކުރުމެއްނެތި އެންމެނަށް އެއް ހަމައެއްގައި ހިއްސާ މިލްކުކުރުމުގެ ފުރުސަތު ހުޅުވާލުމެވެ.

އިގްތިސާދީ ފުރުސަތުތައް އުފެއްދުމަށްޓަކައި، އެމް. ޓީ. ޑީ. ސީގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާ ދިވެހިރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް ފޯރުކޮށްދިނުމެވެ. މިކަމުގައި އެންމެ އެކަށީގެންވާ ގޮތަށް ހަރަކާތްތެރި ވުމަށް، ދުރުމަގަށް ވިސްނައި ތަރައްޤީގެ ޕްލޭންތައް އެކުލަވޭލެވިފައި ވެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާ ދިވެހިރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް ފެތުރުމަށް މިވަގުތު މި ސިނާއަތުން އަމާޒުނުކުރެވޭ ސަރަހައްދުތަކަށް އަމާޒުކުރުމަށްވެސް އެމް. ޓީ. ޑީ. ސީ އިން ގަސްތުކުރެއެވެ.

ތަރައްޤީ ވުމުގެ މަރުހަލާ ކުރިއަށްދާއިރު، ކުރިމަގަށާއި އަދި ކަމުގެ ދެކޮޅުޖެހޭ މިންވަރަށްބަލައި ހިންގުމުގެ ހުރިހާ ކަންތައްތައް މުޖުތަމައު ތަކާއި ހަވާލުކުރާ ފަދަ ވިސްނުމެއް އެމް. ޓީ. ޑީ. ސީ އިން ގެންގުޅެއެވެ. އަދި މި މުޖުތަމައު ތަކުގައި އިގްތިސާދީ ހަރަކާތްތައް އިތުރުވެ ގެބިސީތަކަށް އޭގެން ލިބޭ ފައިދާ އިތުރުވަމުން ދާނެއެވެ.

އަލުގަނޑުމެންގެ ތަރައްޤީގެ މަރުހަލާ ކުރިއަށްދާވަގުތު އެހެނިހެން ސިނާއަތްތަކާއި ގުޅުންބާއްވަން ވެސް ގަސްތުކުރަމެވެ. އެކިއެކި ސަރަހައްދުގައި ތަރައްޤީކުރެވޭ ވިޔަފާރިތަކުގައި އެހިސާބުތަކުގެ އުފެއްދުންތަކާއި އެހިސާބަކުން ލިބެންހުރި ވަޞީލަތްތަކަށް އިސްކަން ދިނުމަށް ބެލެވޭނެއެވެ. މީގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަން އަދި އަތްތެރިކަމުން އުފެއްދޭ ތަކެތި ހިމެނެއެވެ. މީގެ ސަބަބުން މިހިސާބުތަކުގައި އިގްތިސާދީ ތަރައްޤީ އިތުރުވެ މިހިސާބުތައް ތަރައްޤީވުމަށް މަގުފަހިވެގެން ދާނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެއެވެ.

ގެއާއި އަދި ރަށާއި ކައިރި ހިސާބަކުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހި ނުވާ ފަދަ ގޮތަތަކަށް ކުރެވޭ ތަރައްޤީގެ ނަތީޖާއެނގި ގެބިސީތަކާއި އާއިލާގެ ހާލަތަށް އަޅުގަނޑުމެން އަގުވަޒަންކުރާ މިންވަރު މިފަދަ ކަންތައްތަކުން ދައްކުވައިދެއެވެ.

އަޅުގަނޑުމެންގެ މަގްސަދަކީ ދިވެހި އެންމެހައި ފަރުދުން ކުންފުނީގެ ހަރަކާތްތަކުގައި އެންމެ އެކަށީގެންވާ ގޮތަށް ބައިވެރިވުމެވެ. ދިވެހިންގެ އަމިއްލަ މަސައްކަތުން ދިރިއުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރެވޭނެފަދަ ގޮތްތައް އެކަށައަޅައި އެފަދަ ނިޒާމުތައް ބިނާކުރުމަކީ އަޅުގަނޑުމެންގެ އަމާޒެވެ.

އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށްގެންދަން ބޭނުންވާ ގޮތުގެ އެންމެ ފުރިހަމަ ނަމޫނާ އަކީ، މުޅިން ދިވެހިންގެ މިންނެތް މަސައްކަތުން ތަރައްޤީ ކުރެވިފައިވާ ހެރެތެރެ އައިލެންޑް ރިސޯޓުއެވެ. އެކަމުގެ ސީދާ ފައިދާ އެސަރަހައްދުގެ އާއިލާތަކަށް ވާ ފަދަގޮތަކަށް، މިފަދަ ބޮޑު ކަމެއް ވަގުތަށް ކުރެވުމަކީ އެމް. ޓީ. ޑީ. ސީ އިން ފަޚްރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ.

ޤާބިލްކަން

އެމް. ޓީ. ޑީ. ސީގެ މުއައްޒަފުންގެ ގާބިލްކަމާއި ހުނަރުން މުއައްސަސާއަށް ލިބިދޭ ފުރިހަމަކަމަކީ ބަޔާންކުރަން ދަތިއެއްޗެކެވެ. އެމް. ޓީ. ޑީ. ސީ އިން ޤަބޫލުކުރެވެނީ މި ކޯޕްރޭޝަންނަކީ ވަކިވަކި ބައިތަކެއްގެ މައްޗަށް ވާ މުއައްސަސާއެއް ނޫންކަމަށެވެ. އަދި އެންމެން ހިއްސާވާ އެއް މުއައްސަސާއެއްކަމަށެވެ. އަދި އަޅުގަނޑުމެން އެންމެ އިސްކަންދޭ ދެބައަކީ އަޅުގަނޑުމެންގެ މެނޭޖްމަންޓް ޓީމަށާއި އަޅުގަނޑުމެންގެ އިޖްތިމާއީ ޒިންމާގެ ދާއިރާއަށެވެ. އަޅުގަނޑުމެންގެ މާޒީއާއި، އަޅުގަނޑުމެން އަގުވަޒަންކުރާ ކަންތައްތަކާއި، އަޅުގަނޑުމެން ކުރިއަށް ދާންބޭނުންވާ ގޮތް، މިދާއިރާތަކުގެ މައްޗަށް ބާރު ފޯރުވައެވެ.

އަޅުގަނޑުމެންގެ މެނޭޖްމަންޓް ޓީމުގައި ހިމެނެނީ ގާބިލް، ހުނަރުވެރި އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖްރިބާކާރު ބޭފުޅުންނެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ހުރިހާ ފަރާތްތައްވެސް އެއްފަރާތާއި އަނެއްފަރާތް ގުޅި ލާމެހިފައިވެއެވެ. އަޅުގަނޑުމެންގެ ޓީމުން ތަފާތު ގިނަ ދާއިރާތަކުން އެކިއެކި ތަޖުރިބާތައް އަޅުގަނޑުމެންގެ ޕްރޮޖެކްޓްތަކަށް ގެނެއެވެ. ފަތުރުވެރިކަމުގެ ސިނާއަތް ދިވެހިރާއްޖެއަށް ތައާރަފް ކުރިފަރާތްތައް ފަދައިން، އެމް. ޓީ. ޑީ. ސީ އާއި އަޅުގަނޑުމެންގެ މެނޭޖްމަންޓް ޓީމަކީ އައުކަންތައްތަކަށް މަސައްކަތްކުރާ ފަރާތްތަކެވެ. މި ސިނާއަތް އަލަށް ތައާރަފް ކުރި ފަރާތްތަކަކީވެސް އެކަމަށް ފަހުން ނިކުތް ޒުވާން އަދި ހީވާގި މެމްބަރުންނާއި އެއްފަދައިން އެއް ޖޯޝެއްގައި މަސައްކަތް ކުރިފަރާތްތަކެވެ.

ދިވެހި ކޮންމެ ރައްޔަތެއްގެ ޢާއްމު ދިރިއުޅުމަކީވެސް އަޅުގަނޑުމެނަށް މުހިއްމު އެއްޗަކަށްވެފައި، އެ ފަރާތްތަކުގެ ހާލަތު ރަނގަޅުކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެ މުހިއްމު މަޤުޞަދުކަމުގައިވެ އަޅުގަނޑުމެންގެ ކޮންމެ ނިންމުމަކުން މިކަމުގެ މައްޗަށް އަލި އަޅުވާލެވެއެވެ. އަޅުގަނޑުމެންގެ އިޖްތިމާއީ ޒިންމާގެ ދަށުން އިގްތިސާދީ ތަރައްޤީއަށް މަސައްކަތްކުރާއިރު އަޅުަގަނޑުމެންގެ އެންމެ މުހިއްމު އަދި އިސްކަންދޭ ފަރާތް ކަމުގައިވާ ދިވެހި ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ވެސް އިސްކަން ދެވެއެވެ. ކޮންމެ ވިޔަފާރިއެއްގެ ވެސް މަގްސަދަކީ ފައިދާ ހޯދުންކަމުގައި ވާއިރު، އަޅުގަނޑުމެން މި ޒިންމާ ހަމަހަމަކުރުމަށް އަޅުގަނޑުމެންގެ ކުންފުނީގެ އޯނާރޝިޕް ރައްޔަތުންނާއި ހިއްސާކުރަމުއެވެ.